އިސްތިޚާރާ ނަމާދާއި ދުޢާ އާއިމެދު (ޚުލާޞާ ނުކުތާ ތަކެއް)
ކޮން ނަމާދެއް ގައި:
ފަރުޟު ނަމާދު ނޫން ކޮންމެ ނަމާދެއްގައިވެސް އިސްތިޚާރާ ކުރެވިދާނެއެވެ. އެއީ ވަކިން ކުރެވޭ ނަފްލު ދެރަކުޢަތަކަސް ނޫނީ ރަވާތިބު ސުންނަތެއް ފަދަ އެއްޗެއްގައިވިޔަސް މައްސަލައެއް ނެތެވެ.
ދުޢާ ކިޔަން ވީ ކޮން ތަނެއްގައި:
މީގައި އިހުގެ އަދި ފަހުގެ ޢިލްމުވެރިން ވެސް އިޚްތިލާފުވެލެއްވި އެވެ. އަލްޢަދަވީ އާއި އިބްނު ބާޒާއި ޢުޘައިމީން ރާޖިޙު ކުރެއްވީ ސަލާމް ދިނުމަށްފަހުގައި ކަމެވެ. އަލްޢަލްވާން ވިދާޅުވީ ސަލާމް ދިނުމުގެ ކުރިން އައްތަޙިއްޔާތަށް ފަހުގައި ކަމެވެ. (ދަސްނުވެ ހުރެއްޖެ މީހާ ގަނޑުކޮޅެއް ބަލައިގެން ކިޔަސް މައްސަލައެއް ނެތެވެ. ކިޔަންވާނީ ޢަރަބިންނެވެ.)
ބޭނުންވާ ކަންތަކުގެ ނަން ގަންނަންޖެހޭތޯ އަދި ކޮންތާކުތޯ؟
މީގައި ވެސް ޢިލްމުވެރިން ޚިލާފުވެލެއްވިއެވެ. އިބްނު ޙަޖަރު ވިދާޅުވީ ބޭނުންވާ ކަންތައް ނަންގަންނަށް ޖެހޭނީ ދުޢާ ކިޔައި ނިމިގެން ކަމެވެ. އަދި ޖުމްހޫރު ބޭކަލުން ވިދާޅުވީ ދުޢާގެތޭރޭގައި (هَذَا الأَمْرَ) އަށް ފަހުގައި ނުވަތަ އެތަން ކޮޅުގެ ބަދަކުގައި ކަމެވެ.
އަދި ޖުމްހޫރުންގެ ބަހަކީ އެކަމެއް ދުލުން ކިޔަންޖެހޭކަމެވެ. އެހެނަސް ބައެއް ޢިލްމުވެރިން އެކަން އެތަނުގައި ހިތަށް ގެނައުމުން ފުދޭނޭ ކަމަށް ވިދާޅުވިއެވެ.
ދުޢާ ވާރިދުވެފައިވާ އެއް ޞީޣާ:
اللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ وَأَسْتَقْدِرُكَ بِقُدْرَتِكَ، وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ، فَإِنَّكَ تَقْدِرُ وَلاَ أَقْدِرُ وَتَعْلَمُ وَلاَ أَعْلَمُ وَأَنْتَ عَلاَّمُ الْغُيُوبِ، اللَّهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ ⁽*⁾ خَيْرٌ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي فَاقْدُرْهُ لِي وَيَسِّرْهُ لِي ثُمَّ بَارِكْ لِي فِيهِ، وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ ⁽*⁾ شَرٌّ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ، وَاقْدُرْ لِي الْخَيْرَ حَيْثُ كَانَ ثُمَّ أَرْضِنِي بِهِ.
މާނައީ: އޭﷲ! އަޅު ތިޔައިލާހުގެ ޙަޟުރަތުން މަޝްވަރާއަކަށް އެދެމެވެ. އަދި ތިޔައިލާހުގެ ޙަޟުރަތުން އަޅުވާގިވެރިކަމަށް އެދިދަންނަވަމެވެ. އަދި ތިޔައިލާހުގެ މަތިވެރި ފަޟުލުވަންތަ ވެރިކަމަށް އެދި ދަންނަވަމެވެ. ތިޔައިލާހުއީ މޮޅަށް ދެނެވޮޑިގެންވާ ކުޅަދުންތަ އިލާހުއެވެ. ފަހެ ކުޅަދުންވަންތަވެރި ފަރާތަކީ ތިޔައިލާހެވެ. އަދި ރަނގަޅަށް ދެނެވޮޑިގަންނަވަނީ ވެސް ހަމަތިޔައިލާހެވެ. ތިޔައީ ޣައިބުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. އަޅަކީ އެއްވެސް ކަމެއްގެ ކުޅަދާނަކަން ލިބިގެންވާ މީހަކީމެއް ނޫނީމެވެ. އަދި ކަންކަމުގެ ޙަޤީޤަތް ދެނެގަނެވޭ މީހެއްވެސް ނޫނީމެވެ. އޭﷲ! އަޅުގެ މިކަމުގައި (ދެން ނިޔަތް ގަތް ކަމެއްގެ ނަން ބަޔާންކުރާށެވެ.) އަޅުގެ ދީނާއި ދުނިޔޭގެ ދިރިއުޅުމާއި އާޚިރަތާއި އަދި ކަމުގެ އާޚިރު ނަތީޖާއާމެދު ހެއުކަމުގައްޔާއި ރަނގަޅުކަމުގައި ތިޔައިލާހަށް ފެނިވޮޑިގަންނަވާނަމަ އަޅަށް މިކަމުގައި މަގުފަހިކޮށް ދެއްވައި ލުއިކޮށްދެއްވާނދޭވެ. އަދި އޭގައި ބަރަކާތް ލައްވާނދޭވެ. އޭﷲ! އަޅުގެ މިކަމުގައި (ދެން ނިޔަތް ގަތް ކަމެއްގެ ނަން ބަޔާންކުރާށެވެ.) އަޅުގެ ދީނާއި ދުނިޔޭގެ ދިރިއުޅުމާއި އާޚިރަތާއި އަދި ކަމުގެ އާޚިރު ނަތީޖާއާ މެދު، ނުބައި ކަމުގައްޔާއި ރަނގަޅުނޫން ކަމުގައި ތިޔައިލާހަށް ފެނިވޮޑިގަންނަވާނަމަ އަޅަށް މިކަމުގެ މަގުފަހިކޮށްނުދެއްވައި މިކަމާ އަޅާ ދުރުކުރައްވާނދޭވެ. އަދި އެކަމުގައި ބަރަކާތް ލައްވާނދޭވެ. އަދި ކޮންމެ ތާނކުގައި ވީނަމަވެސް އަޅަށް ހެއުގޮތް ލައްވާނދޭވެ. އަދި އެކަމަކަށް ތިޔައިލާހު ރުހިވޮޑިގަންނަވާނދޭވެ. ﷲގެ ޙަޟުރަތުން މެނުވީ އެއްވެސް އާރަކާއި ބާރެއް ލިބުމެއް ނުވެއެވެ.
~ ގަލަންދާނު